ލޯކަލް ކައުންސިލް ފައިނޭންސް މޮޑިއުލް (ވިޔަ) ފުރަތަމަ ބުރުގެ ޓްރޭނިންގ ފެށިއްޖެ


08 Sep 2019

ކައުންސިލްތަކުގެ މާލީ މުއާމަލާތްތަކާއި އާމްދަނީ އާއި ޚަރަދު އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ފައިނޭންސް މޮޑިއުލް ތައާރަފްކޮށް ކައުންސިލްތަކުގެ މުވައްޒަފުން ތަމްރީންކުރުމަށް ހިންގާ ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ބުރު މިއަދު ފެށިއްޖެއެވެ. މިއަދު ފެށުނު މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހއ، ހދ، ށ، ނ އަތޮޅުގެ 50 ކައުންސިލަކުން 100 މުވައްޒަފުން ބައިވެރިވެފައިވެއެވެ.  5 ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމް ކުރިއަށް ދަނީ ސްޓެލްކޯ އޮޑިޓޯރިއަމްގައެވެ.

ކައުންސިލްތަކުގެ ހިސާބު ބަލަހައްޓާ މުވައްޒަފުންނަށް ހިންގާ މި ތަމްރީން ޕްރޮގްރާމްގައި 200 ކައުންސިލުން 400 މުވައްޒަފުން 4 ބުރަކަށް ބަހާލައިގެން ތަމްރީން ކުރެވޭނެއެވެ. މި ޕްރޮގްރާމުތަކުގައި ތަމްރީން ދެއްވާނީ މިއޮތޯރިޓީގެ މުވައްޒަފުންނެވެ.