- ޗީފް އެގްޒެކެޓިވް
އޮފިސަރ (ޗެއަރ ޕާރސަން)
- އާދަމް ޝަރީފް
އަޙްމަދު - ޑިރެކްޓަރ ޖެނެރަލް، ކައުންސިލް ސަޕޯރޓް ސަރވިސަސް
އެންޑް މޮނިޓަރިންގ
- ޝަމްޢޫން އާދަމް
- ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
- މުޙައްމަދު ނަޞީރު - ޑިރެކްޓަރ، ކޯޕަރޭޓް ސަރވިސަސް
- އޮތޯރިޓީގެ ދުރުރާސްތާ
ސިޔާސަތުތަކާއި ސްޓްރަޓަޖީތައް ކަނޑައެޅުން
- ލާމަރުކަޒީ ނިޒާމަށް
ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް ދެނެގަނެ އޮތޯރިޓީން ކުރަންވީ ކަންކަން ކަނޑައެޅުން
- ސަރުކާރުގެ ޕޮލިސީއަށް
ގެންނަ ބަދަލަކުން ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލަކުން ލާމަރުކަޒީ ނިޒާމަށް އައިސްދާނެ
ބަދަލުދެނެގަނެ ވީހާވެސް އޮމާންކޮށް ކައުންސިލްތަކުގެ ހިންގުމާއި އޮތޯރިޓީގެ ހިންގުން
ބައްޓަންކުރުމަށް ބޭނުންވާ ލަފާ ދިނުން
- ލާމަރުކަޒީ ނިޒާމާއި
ބެހޭގޮތުން އެކުލަވާލެވޭ ކަރުދާސްތަކާއި ހޯދޭހޯދުންތައް ދިރާސާކުރުމާއި އެކަންކަމާއި
ގުޅިގެން އެކުލަވާލަންޖެހޭ ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމާއި، ހިންގާނެ
ތަމްރީނު ކަނޑައެޅުމާއި ބެހޭގޮތުން ލަފައާއި އިރުޝާދު ދިނުން
- އޮތޯރިޓީން ހާސިލްކުރުމަށް
ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލްވެވޭ މިންވަރު ދެނެގަތުމާއި ހިންގުމަށް ގެންނަން
ޖެހޭ ބަދަލު ފާހަގަކޮށް ލަފާ ދިނުން.
ސްޓްރަޓެޖިކް ޕްލޭނިންގ
ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ބިއުރޯއިންނެވެ.
މި ޓީމުގައި ހިމެނެނީ
MS3 ފެށިގެން މަތީގެ ރޭންކުގެ މުވައްޒަފުންނެވެ.
- އޮތޯރިޓީގެ ޑިވިޝަންތަކުންނާއި،
އަދި ސެކްޝަންތަކުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތައް ހިއްސާކުރުން.
- އިދާރީ ގޮތުން
ޑިވިޝަންތަކުންނާއި، ސެކްޝަންތަކުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަންހުރި
ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުން.
- އެއް ސެކްޝަނަށްވުރެ
ގިނަ ސެކްޝަންތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ބޭނުންވާ
ކޯޑިނޭޝަން އާ ބެހޭގޮތުން މަޝްވަރާކުރުން.
ސީނިއަރ މެނޭޖްމަންޓް
ޓީމްގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބަލަހައްޓާނީ ބިއުރޯއިންނެވެ.
މި ކޮމިޓީގައި ހިމެނޭނީ
ޑިވިޝަން އަދި ސެކްޝަންތަކުގެ އިސްވެރިންނެވެ.
މި ކޮމިޓީގެ ޗެއާރއަކީ
ޑިރެކްޓަރ ޖެނެރަލް، ޝަމްޢޫން އާދަމް އެވެ.
- އޮތޯރިޓީގެ މުވައްޒަފުންނާއި
ގުޅޭގޮތުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް އިސްލާހެއް ގެންނަން ފެނިއްޖެ ހާލަތެއްގައި އެކަން ފާހަގަކޮށް
ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފާދިނުން.
- މުވައްޒަފުންނަށް
އިސްލާޙީ ފިޔަވަޅު އަޅަން ޖެހޭ ކަންކަމުގައި އިޖުރާތެއް ފުރިހަމަ ނުވާ ހާލަތްތަކުގައި
ކޮމެޓީގެ ލަފައަކަށް، ހިއުމަން ރިސޯސް ސެކްޝަނުން ބޭނުންވެއްޖެ ނަމަ އެކަމުގައި
ބަލަން ޖެހޭ ބެލުންތައް ބަލައި ޗީފް އެގްޒެކެޓިވް އޮފިސަރަށް ބޭނުންވާ ލަފާދިނުން.
- އޮތޯރިޓީއިން
ހިންގާ ޓްރެއިނިންގ ތަކާއި ރާއްޖޭގައި ހިންގާ ކުރު މުއްދަތުގެ ޓްރެއިނިންތައް
ފިޔަވައި އޮތޯރިޓީއަށް ލިބޭ އެހެނިހެން ދިގު އަދި ކުރު މުއްދަތުގެ ޓްރެއިނިންތަކާއި،
އޮތޯރިޓީން ސްޕޮންސަރކުރާ ދިގު އަދި ކުރު މުއްދަތުގެ ޓްރެއިނިންތަކަށް އޮތޯރިޓީގެ
މުވައްޒަފުން ފޮނުވުމުގައި ބަލަންޖެހޭ ބެލުންތައް ބަލައި ޗީފް އެގްޒެކެޓިވް އޮފިސަރަށް
ލަފާދިނުން.
- މުވައްޒަފުން
އަމިއްލަޔަށް ހޯދައި ތަމްރީން ފުރުސަތުތަކަށް އެ މުވައްޒަފުން ވީއްލުމުގައި ބަލަންޖެހޭ
ބެލުންތައް ބަލައި ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފާދިނުން.
- މުވައްޒަފަކަށް
ދެވޭ ޗުއްޓީ، ޕޭ-ލީވް އަދި ނޯޕޭ-ލީވް އާއި ގުޅޭގޮތުން އުސޫލުގެ ތެރެއިން ފުށުއެރުމެއް
ނުވަތަ މާނަ ކުރުމުގައި އޮޅުންއެރުމެއް ދިމާވެއްޖެ ހާލަތެއްގައި ބަލަންޖެހޭ ބެލުންތައް
ބަލައި ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފާދިނުން.
- އޮތޯރިޓީގެ އިދާރީ
އޮނިގަނޑަށް ބަދަލެއް ގެންނަން ކޮމެޓީއަށް ފެނިއްޖެ ހިނދެއްގައި ގެންނަންފެންނަ
ބަދަލުތައް ފާހަގަކޮށް ބޯޑަށް ހުށަހެޅުމަށް ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފާދިނުން.
- މުވައްޒަފުންނަށް
ކުރިއެރުމާއި، އިނާޔަތްތައް ދިނުމާއި، ޕާފޯމެންސް އެވޯޑް ދިނުމުގައި ބަލަންޖެހޭ
ކަންތައްތައް ބަލައި ޗީފް އެގްޒެކެޓިވް އޮފިސަރަށް ލަފާދިނުން.
- އޮފީހުގެ މަސައްކަތު
މާހައުލަކީ މަސައްކަތްކުރުމަށް ފަސޭހަ، މުވައްޒަފުން އުޅޭހިތްވާ އަދި އެކަކު އަނެކަކާއި
އަޅާލާފަދަ މާހައުލަކަށް ހެދުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
- އޮތޯރިޓީގެ މުވައްޒަފުންނާއި
ގުޅޭ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި އަދި އޮތޯރިޓީގެ ބޯޑުގެ ނިންމުންތައް
ތަންފީޒު ކުރުމުގައި ދިމާވާ އޮޅުންތަކާއި އުފެދޭ ޚިޔާލް ތަފާތުވުންތަކާއި އަދި
މިނޫންވެސް ތަންފީޒްކުރެވޭ ކަންތައްތަކުގައި ދިމާވާ ޚިލާފުތައް ހައްލުކުރުމަށް
ޗީފް އެގްޒެކެޓިވް އޮފިސަރަށް ބޭނުންވާ ލަފާދިނުން.
- މުވައްޒަފުންނާއި
ގުޅޭ ގޮތުން ހިޔުމަން ރިސޯސް ސެކްޝަނުން ނިންމާ ނިންމުންތައް މުރާޖަޢާ ކޮށްދިނުމަށް
މުވައްޒަފުން އެދޭ ހާލަތްތަކުގައި އެކަމާއި މެދު ގޮތެއް ނިންމުމަށް ޗީފް އެގްޒެކެޓިވް
އޮފިސަރަށް ލަފާދިނުން.
- އޮތޯރިޓީގެ ބޯޑުން
ފާސްކުރާ ޤަވާއިދުތަކާއި، އުސޫލުތަކުގެ ތެރެއިން އެޗް.އާރް.އެމް.ޑީ ކޮމެޓީއަށް
މަތިކުރާ ކަންކަމުގައި ޗީފް އެގްޒެކެޓިވް އޮފިސަރަށް ބޭނުންވާ ލަފާދިނުން.
- މިނޫންވެސް މުވައްޒަފުންނާއި
ގުޅޭ އެހެނިހެން ކަންކަމުގައި ޗީފް އެގްޒެކެޓިވް އޮފިސަރަށް ބޭނުންވާ ލަފާދިނުން.
މިކޮމިޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- އާދަމް ޝަރީފް
އަޙްމަދު - ޑިރެކްޓަރ ޖެނެރަލް، ކައުންސިލް ސަޕޯރޓް ސާރވިސަސް،
އެންޑް މޮނިޓަރިންގ (ޗެއަރ ޕާރސަން)
- އަބްދުﷲ ރަޝީދު
- އެސިސްޓަންޓް ޑިރެކްޓަރ، ކައުންސިލް ސަޕޯޓް ސަރވިސަސް
(ވައިސް ޗެއަރ ޕާރސަން)
- އަޒްހަތު ރުޝްދީ
-ޑިރެކްޓަރ،
ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
- އަޙްމަދު ވިސާމް - އެޑްވޮކޭޓަރ (ޕަބްލިކް ފައިނޭންސް)، ޓްރެއިނިންގ އެންޑް އެޑްވޮކަސީ
- ފާޠިމަތު ނާޘިރާ - އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން
- އޮތޯރިޓީން މުދަލާއި
ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާންތަކުގައި މާލިއްޔަތު ޤަވާޢިދުގައި ބަޔާންކުރާ
ޝަރުތުތައް ހިމެނޭތޯ ބެލުން.
- އޮތޯރިޓީން މުދަލާއި
ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާނާއި ގުޅިގެން ބިޑް ކޮމިޓީން އެވޯޑްކޮށްފައިވާ
ބިޑަކާއި ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭ ހާލަތްތަކުގައި ޖަވާބުދާރީވުން.
- ހުށަހެޅިފައިވާ
ބީލަންތައް އިވަލުއޭޓްކުރުމުގައި ބީލަމަކާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންކަމެއް
ނުވަތަ މަޢުލޫމާތެއް ސާފުކުރުމަށް ދައުލަތުގެ އެމުވައްސަސާއެއްގައި އެދުން.
- އޮތޯރިޓީއަށް
ހުށަހެޅޭ ބީލަންތައް ދިރާސާކުރުމާއި މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅުން.
- އޮތޯރިޓީން ކޮށްފައިވާ
އެގްރީމެންޓަކާއި މަސައްކަތް ޙަވާލުވާ ފަރާތްތަކުން ޚިލާފުވުމާއި، އެގްރީމެންޓް
އުވާލުމަށް ޖެހޭ ހާލަތްތަކުގައި އެކަން ބަލާ ދިރާސާކޮށް، އޮތޯރިޓީއަށް ލަފާދިނުން.
- މާލިއްޔަތު ޤަވާއިދުން
ބިޑް ކޮމިޓީއާއި މަތިކޮށްފައިވާ އެންމެހާ ޒިންމާތައް އަދާކުރުން.
މިކޮމިޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ ޕްރޮކިއުމަންޓުންނެވެ.
- މުޙައްމަދު ހާޝިމް - ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް (ޗެއަރ ޕާރސަން)
- މުޙައްމަދު ޝާފިޢު - އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ކޯޕަރޭޓް ސަރވިސަސް
- ޒީނާ ޖަޢުފަރު - އެސިސްޓަންޓް ޑިރެކްޓަރ، ފައިނޭންސް
- މަޢުލޫތު ހޯދާ
ލިބިގަތުމުގެ ހައްގުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއި އުސޫލުތަކާއި
އެއްގޮތަށް މަޢުލޫމާތު ޢާންމުކުރޭތޯ ބެލުން.
- ވަކި މަޢުލޫމާތެއް
ހޯދުމަށް އެދޭފަރާތްތަކަށް އެމަޢުލޫމާތު ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދޭތޯ
ބެލުން.
- މަޢުލޫމާތު ފޯރުކޮށްދިނުމަށް
އިންކާރުކުރާ ޙާލަތްތަކުގައި އެކަން ބަލާ ފިޔަވަޅުއެޅުން.
- ޤާނޫނާއި އެއްގޮތަށް
އިންފޯމޭޝަން ކޮމިޝަނަރަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅާތޯ ބެލުން.
މިކޮމިޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސްއިންނެވެ.
- އަޙްމަދު އަމްޔޫނީ އިސްމާއީލް - ސޮފްޓްވެއަރ ޑިވެލޮޕަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން
- އާމިނަތު މިލްނާ- އެސިސްޓަންޓް ޑިރެކްޓަރ،
ހިއުމަން ރިސޯސަސް
- ޒީނާ ޖަޢުފަރު- އެސިސްޓަންޓް ޑިރެކްޓަރ،
ފައިނޭންސް
- ޖިންސީ ފުރައްސާރަކުރުމާއި
ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ޢާންމުކޮށް އެނގޭނެފަދަ ގޮތަކަށް
ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން
- ޖިންސީ ފުރައްސާރަކުރުމާއި
ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން
އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން
- އެ ތަނެއް ނުވަތަ
މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ބެހޭގޮތުން
ޝަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ޢަމަލެއް ހިނގާ ކަމަށް މަޤްބޫލު ސަބަބަކާހުރެ
ޤަބޫލުކުރެވިއްޖެނަމަ، އެ ޝަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ
ބަޔަކު ހާޒިރުކޮށް ބަޔާން ނަގައި ހެކިބަސް ހޯދުން
- ޖިންސީ ފުރައްސާރަކުރުމާއި
ގޯނާކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް
ހޯދުން
- ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅު އެޅުން.
- ޝަކުވާއަކާ ގުޅިގެން
ކުރުންޖެހޭ ތަޙްޤީޤުކޮށް، އެ ޝަކުވާއަކީ ޖިނާއީ ކުށަކާގުޅޭ ޝަކުވާއެއްނަމަ، އެ
މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތައް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި
ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- މައްސަލަ ބެލުމަށްފަހު،
ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް
ސާބިތުވެއްޖެނަމަ އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ ޢިނާޔަތެއް ނުވަތަ
ވަޒީފާ ކުރިއެރުމެއް ނުވަތަ އެހެންވެސް ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން؛
ނުވަތަ ޝަކުވާ ހުށަހެޅި މަރުކަޒަކުން ޚިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ،
އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުޞަތެއް ނުވަތަ ހައްޤެއް ހޯދުމަށް ފުރުޞަތު
ފަހިކޮށްދިނުން
މިކޮމެޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- މުޙައްމަދު ނަޞީރު
- ޑިރެކްޓަރ، ކޯޕަރޭޓް ސަރވިސް
- ޙުސައިން ވަޙީދު - ޑިރެކްޓަރ، ޓްރެއިނިންގ އެންޑް އެޑްވޮކަސީ
- ފާޠިމަތު ނާޘިރާ - އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން
- އޮތޯރިޓީގެ މުވައްޒަފުން
ހުށަހަޅާ ޝަކުވާތަކާއި ގްރީވަންސްތައް ބަލާ، އެކަންކަމާމެދު އަޅަންވީ ފަޔަވަޅުތަކާއި
ބެހޭގޮތަން އޮތޯރިޓީއަށް ލަފާ ދިނުން.
މިކޮމެޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- ޢަބްދުﷲ ރަޝީދު
– ޑިރެކްޓަރ، ލީގަލް، މޮނިޓަރިންގ އެންޑް އިންވެސްޓިގޭޝަން
ސެކްޝަން
- އާދަމް ފުރުޤާން
- އޮޑިޓަރ، ލީގަލް، މޮނިޓަރިންގ އެންޑް އިންވެސްޓިގޭޝަން
ސެކްޝަން
- ޢަލީ ސިވާޒް - އޮޑިޓަރ، ލީގަލް، މޮނިޓަރިންގ
އެންޑް އިންވެސްޓިގޭޝަން ސެކްޝަން
- ޢާއިޝަތު ރިޔާޒާ
- އޮޑިޓަރ، ލީގަލް، މޮނިޓަރިންގ އެންޑް އިންވެސްޓިގޭޝަން
ސެކްޝަން
- އޮފީހުގެ ފައިސާއާއި
ހިސާބުތައް އަހަރުން އަހަރަށް (އިންޓަރނަލް) އޮޑިޓް ކުރުން.
- އޮފީހުގައި ހިންގާ
އެކިއެކި މަޝްރޫޢުތަކުގެ ފައިސާއާއި ހިސާބުތައް (އިންޓަރނަލް) އޮޑިޓް ކުރުން.
- ފައިސާއާއި ހިސާބުތައް
ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ފައިނޭންސް
އެންޑް އެކައުންޓްސް ޔުނިޓްގެ މަސައްކަތްތަކަށް ލަފާދިނުން.
- މުޅިއޮފީހުގެ
މަސައްކަތްތަކާ ގުޅިގެން ޕާރފޯމަންސް އޯޑިޓް ކުރުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުން.
- އޮފީހަށް ހޯދާ/ލިބޭތަކެތި
(ސްޓޮކް) އިންވެންޓްރީއަށް ނަގާތޯ ބަލާ، އެތަކެތީގެ ރިކޯޑްސްތައް
ޤަވާއިދުން ބަލަހައްޓާތޯ ސުޕަވައިޒްކޮށް، އެތަކެތީގެ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު
ތައްޔާރުކުރުން.
- އޮފީހުގެ ހަރުމުދަލުގެ
ރަޖިސްޓަރީ ޤަވާއިދުން ބަލަހައްޓާތޯ ބެލުން.
- އޯޑިޓް އޮފީހުން
އޮތޯރިޓީ އޯޑިޓް ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅިގެން އޮތޯރިޓީ އޯޑިޓް
ކުރުމަށް ފެސިލިޓޭޓްކޮށްދިނުން.
- އިންޓަރނަލް އޮޑިޓް
ކުރުމުގައި ބޭނުންވާނެ މެޓީރިއަލްސް ތައްޔާރުކޮށް ތަރައްގީކުރުން.
މިކޮމިޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ އިންޓަރނަލް އޮޑިޓުންނެވެ.
- ޙައްވާ އިޒުވަތު - އެޑްވޮކޭޓަރ (ޕަބްލިކް އެޑްމިނިސްޓްރޭޝަން)، ޓްރެއިނިންގ އެންޑް އެޑްވޮކަސީ
- އާމިނަތު މިލްނާ
- އެސިސްޓަންޓް ޑިރެކްޓަރ، ހިއުމަން ރިސޯސަސް
- އަޙްމަދު ވިސާމް
- އެޑްވޮކޭޓަރ (ޕަބްލިކް ފައިނޭންސް)، ޓްރެއިނިންގ އެންޑް
އެޑްވޮކަސީ
ޤާނޫނު ނަންބަރު 18/2016
(ޖެންޑަރ އީކުއަލިޓީ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން މި އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތައް
ބެލުން.
މިކޮމިޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- ޢަބްދުލް މޫމިން
- އެސިސްޓެންޓް ޑިރެކްޓަރ، ލީގަލް، މޮނިޓަރިންގ
އެންޑް އިންވެސްޓިގޭޝަން ސެކްޝަން (ވިސްލްބްލޯވަރ އޮފިސަރ - ޗެއަރ)
- ޝައުފާ ރަޝާދު
- ސީނިއަރ ފައިނޭންސް އޮފިސަރ، ފައިނޭންސް
- އިބްރާހީމް ޝަރަފް ތައުފީޤް - ޕްލޭނިންގ އޮފިސަރ، ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
ޤާނޫނު ނަންބަރު 16/2019
(ވިސްލްބްލޯކުރާފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވޭ އެތެރޭގެ އިންތިޒާމްތަކުން
އަންނަނިވި ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނެއެވެ.
- މަޢުލޫމާތު ހުށަހެޅޭނެ
އިންތިޒާމްތައް ޤާއިމުކުރުން؛
- މަޢުލޫމާތު ހުށަހެޅުމުން
މަޢުލޫމާތު ބަލައިގަތުން؛
- މަޢުލޫމާތު ހުށަހަޅާ
ފަރާތުގެ ވަނަވަރު އަދި އެހެނިހެން ޒާތީ މަޢުލޫމާތު ސިއްރުކުރުން؛
- މަޢުލޫމާތާ ގުޅިގެން
ކުރަންޖެހޭ ތަޙުޤީޤުތައް ކުރުން؛
- ހުށަހެޅޭ މައްސަލަތަކުގެ
ތެރެއިން، ޤާނޫނަކުން ވަކި އިދާރާއަކަށް ތަޙްޤީޤުކުރުމުގެ އިޚްތިޞާޞްދީފައިވާ
މައްސަލައެއްވާނަމަ، އެ ކަމެއް ތަޙުޤީޤުކުރުމަށް އެ އިދާރާއަކަށް ފޮނުވުން؛
- ހުށަހެޅޭ މައްސަލައެއްގައި
ވަކި ފަރާތަކަށް ރައްކާތެރިކަން ދޭންޖެހޭކަމަށް ޤަބޫލުކުރެވޭނަމަ، އެކަން ވިސްލްބްލޯވަރ
ޕްރޮޓެކްޝަން ޔުނިޓުގެ ސަމާލުކަމަށް ގެނައުން؛
- ތަޙުޤީޤު ރިޕޯޓު
އެކުލަވާލާ އާއްމުކުރުން؛
- އެތެރޭގެ އިންތިޒާމްތައް
ހިނގަމުންދާގޮތާ ގުޅޭގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ހޯދަން އެދޭ
މަޢުލޫމާތު ޙިއްޞާކުރުން؛
- ވިސްލްބްލޯކުރުމުގެ
މުހިއްމުކަމާއި ވިސްލްބްލޯކުރާ ފަރާތްތަކަށް ވިސްލްބްލޯކުރުމާގުޅޭ ޤާނޫނުތަކާއި
ގަވާއިދުތަކާއި އުޞޫލުތަކުން ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކާއި އެތެރޭގެ
އިންތިޒާމުތަކާ ގުޅޭގޮތުން މުވައްޒަފުންނަށް މަދުވެގެން އަހަރަކު 2
(ދޭއް) ފަހަރު ހޭލުންތެރިކުރުމުގެ
ޕްރޮގްރާމްތައް ހިންގުން؛
- މި މާއްދާގެ (ހ) އިން (ވ) ގެ ނިޔަލަށް ބަޔާންކޮށްފައިވާ
މަސްއޫލިއްޔަތުތަކުގެ އިތުރުންވެސް، ޤާނޫނު ނަންބަރު 16/2019
(ވިސްލްބްލޯކުރާފަރާތްތައް
ރައްކާތެރިކުރުމުގެ ޤާނޫނު) އާއި، މި ޤާނޫނުގެ ދަށުން އެކުލަވާލާ ގަވާއިދުތަކާއި
އުޞޫލުތަކުގައި ބަޔާންކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް.
މިކޮމިޓީގެ އިދާރީ
ކަންކަން ބަލަހައްޓާނީ ލީގަލް، މޮނިޓަރިންގ އެންޑް އިންވެސްޓިގޭޝަނުންނެވެ.