ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް ބާއްވައިފި


05 Mar 2018

ވައިކަރަދޫގައި ކީރިތި ޤުރުއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި އުނގައްނައިދިނުމުގައާއި ތަރުތީލްކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމަށް ވައިކަރަދޫ ކައުންސިލުން އިންތިޒާމުކުރި ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް 2018، މާރިޗު 2 ވަނަ ދުވަހު ނިންމާލައިފިއެވެ.

މިމުބާރާތުގައި ހިތުން ކިޔުމުގެ ގޮފީގައި 20 ދަރިވަރުން، އަދި ބަލައިގެން 52 ދަރިވަރުން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ނަތީޖާއަށް ބަލައި ހދ. އަތޮޅު ކައުންސިލުގެ މިއަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވާނެ 15 ދަރިވަރުން ވަނީ ހޮވާފައެވެ. އެގޮތުން ބަލައިގެން ކިޔުމުގެ ގޮފިން 8 ދަރިވަރުންނާއި ނުބަލާ ކިޔުމުގެ ގޮފިން 7 ދަރިވަރުން ހދ. އަތޮޅު ކައުންސިލުގެ މުބާރާތުގައި ވައިކަރަދޫ ތަމްސީލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތަކީ 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ.