ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ކ.ގުރައިދޫގައި ބާއްވައިފި


26 Mar 2018

ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ކ.ގުރައިދޫ ސްކޫލުގައި ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތަކީ 2016 ވަނަ އަހަރު  ލޯކަލް ކައުންސިލް ޕާފޯމެންސް އިންޑެކްސްއިން މަތީ ވަނަތައް ޙާޞިލް ކުރި ކައުންސިލްތަކަށް ކަންގަތި އެވޯޑް ދިނުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ.  

މިނިސްޓަރ އޮފް ހޯމް އެފެއާރޒް އޮނަރަބްލް އަލްފާޟިލް އަޒްލީން އަޙުމަދު ޝަރަފުވެރިކޮއްދެއްވި މި ރަސްމިއްޔާތުގައި ނުވަ ކައުންސިލަކުން ޖުމުލަ 6 އެވޯޑާއި 12 ފިލާ ހާޞިލްކޮށްފައިވެއެވެ.

2016 ވަނަ އަހަރު ކަންގަތި އެވޯޑް ޙާޞިލްކުރި ކައުންސިލްތައް

ގަދަހަމާންތި ދަރަޖަ

ލޯކަލް ކައުންސިލް ޕާރފޯމެންސް އިންޑެކްސްއިން ވަނަތައް ޙާޞިލްކޮށްފައިވާ އަތޮޅު ކައުންސިލްތަކަށް އެރުވޭ ގަދަހަމާންތި ދަރަޖަ

1 ފުވައްމުލަކު އަތޮޅު ކައުންސިލް

2 ކޮޅުމަޑުލު އަތޮޅު ކައުންސިލް

3 މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް

ރަނަހަމާންތި ދަރަޖަ

ލޯކަލް ކައުންސިލް ޕާރފޯމެންސް އިންޑެކްސްއިން ވަނަތައް ޙާޞިލްކޮށްފައިވާ ރަށު ކައުންސިލްތަކަށް އެރުވޭ ރަނަހަމާންތި ދަރަޖަ

1 މާލެ އަތޮޅު ހުރާ ކައުންސިލް

2 މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

3 އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް

 

މާރާދަ ހަނދާނީ ފިލާ

ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސްގެ ސަބްއިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ޙާޞިލް ކުރާ ކައުންސިލްތަކަށް އަރުވާ މާރާދަ ހަނދާނީ ފިލާ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސް

1 ވަނަ އަތޮޅު ކައުންސިލް – ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް

1 ވަނަ ރަށު ކައުންސިލް – ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލް

އިފެކްޓިވް އިންޑެކްސް

1 ވަނަ އަތޮޅު ކައުންސިލް – ފުވައްމުލަކު އަތޮޅު ކައުންސިލް

1 ވަނަ ރަށު ކައުންސިލް – މާލެއަތޮޅު ހުރާ ކައުންސިލް

ޕާޓިސިޕޭޝަން އިންޑެކްސް

1 ވަނަ އަތޮޅު ކައުންސިލް – ކޮޅުމަޑުލު އަތޮޅު ކައުންސިލް

1 ވަނަ ރަށު ކައުންސިލް – މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

އެކައުންޓަބިލިޓީ އިންޑެކްސް

1 ވަނަ އަތޮޅު ކައުންސިލް – ކޮޅުމަޑުލު އަތޮޅު ކައުންސިލް

1 ވަނަ ރަށު ކައުންސިލް – ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް

ސެކިއުރިޓީ އިންޑެކްސް

1 ވަނަ އަތޮޅު ކައުންސިލް – ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް

1 ވަނަ ރަށު ކައުންސިލް – އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލް 

ކާންނާ ހަނދާނީ ފިލާ

ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސްގެ ކުރީ އަހަރުގެ ނަތީޖާއާއި އަޅާބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއްހޯދައި ކާންނާ ހަނދާނީފިލާ ހާސިލުކުރީ

1 ވަނަ އަތޮޅު ކައުންސިލް – ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް

1 ވަނަ ރަށު ކައުންސިލް – މާލެއަތޮޅު ހުރާ ކައުންސިލް

މި ރަސްމިއްޔާތުގައި ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސް 2016 ގެ ނަތީޖާ ފޮތް ނެރެދެއްވީ ޝަރަފުވެރި މެހެމާން އޮނަރަބްލް އަލްފާޟިލް އަޒްލީން އަޙުމަދެވެ.

ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާރފޯމެންސް މިންކޮށް ވަޒަންކުރުމަށް ލޯކަލްގަވަރމަންޓް އޮތޯރިޓީން އެކުލަވާލާފައިވާ އިންޑެކްސްއެކެވެ.