ހއ. އަތޮޅުގައި ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ފެށިއްޖެ



ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ހއ އަތޮޅުގައި މިއަދު ފެށިއްޖެއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 28-30 ޖޫން ގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ޖުމްލަ 42 ބައިވެރިން ބައިވެރިވެ ލައްވައެވެ.

މި ޕްރޮގްރާމަކީ، ކައުންސިލްތަކުގެ ބަޖެޓް، އިދާރީ އަދި ޕްލޭނިންގ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެވެ.މި ޕރޮގްރާމުގެ މަޤްސަދަކީ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމުގައި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތަައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ. 

މިހާތަނަށް މި ޕްރޮގްރާމް ވަނީ ޅ، އއ، ގއ، އަދި ހދ އަތޮޅުގައި ކުރިއަށް ގެންދެވިފައެވެ.  އަދި މިވަގުތު ހއގައި މި ޕްރޮގްރާމް ކުރިއަށް ދާއިރު،  އިތުރު 7 އަތޮޅުގައި މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.