ބ. އަތޮޅުގައި ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ފަށައިފި



ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ބ އަތޮޅުގައި އިއްޔެ ފެށިއްޖެއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 2 އިން 4 ޖުލައިގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ޖުމްލަ 30 ބައިވެރިން ބައިވެރިވެ ލައްވައެވެ. މި ޕްރޮގްރާމަކީ، ކައުންސިލްތަކުގެ ބަޖެޓް، އިދާރީ އަދި ޕްލޭނިންގ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެވެ. މި ޕރޮގްރާމުގެ މަޤްސަދަކީ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމުގައި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ 

މިހާތަނަށް މި ޕްރޮގްރާމް ވަނީ ޅ، އއ، ގއ، ހދ އަދި ހއ އަތޮޅުގައި ކުރިއަށް ގެންދެވިފައެވެ.  އަދި އިތުރު  އަތޮޅުތަކުގައި މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.