ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް އައްޑޫ ސިޓީގައި ފަށައިފި



ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް އައްޑޫ ސިޓީގައި މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 2018 ޖުލައި 9 އިން 11 ގެ ނިޔަލަށެވެ. މި ޕްރޮގްރާމުގައި އައްޑޫސިޓީ ކައުންސިލްގެ 20 މުވައްޒަފުން ބައިވެރިވެ ލައްވައެވެ. މި ޕްރޮގްރާމަކީ، ކައުންސިލްތަކުގެ ބަޖެޓް، އިދާރީ އަދި ޕްލޭނިންގ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމުގައި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ 

މިހާތަނަށް މި ޕްރޮގްރާމް ވަނީ ޅ، އއ، ގއ، ހދ ހއ އަދި ބ  އަތޮޅުގައި ކުރިއަށް ގެންދެވިފައެވެ.  އަދި އިތުރު 5  އަތޮޅެއްގައި މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.