ރ. އަތޮޅުގައި ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ފެށިއްޖެ



ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމުގެ މާޅޮސް މަޑުލު އުތުރުބުރީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ރ. އުނގޫފާރުގައި މިއަދު ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 2018 ޖުލައި 30 އިން 2018 އޮގަސްޓް 01 ގެ ނިޔަލަށެވެ. މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިއޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ރ.އަތޮޅުގެ 14 ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ 33 މުވައްޒަފުން ބައިވެރިވެ ލައްވައެވެ. މި ޕްރޮގްރާމަކީ، ކައުންސިލްތަކުގެ ބަޖެޓް، އިދާރީ އަދި ޕްލޭނިންގ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމުގައި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ 

މިހާތަނަށް މި ޕްރޮގްރާމް ވަނީ 8 އަތޮޅެއްގައި ކުރިއަށް ގެންދެވިފައެވެ.  އަދި އިތުރު 4  އަތޮޅެއްގައި މި ޕްރޮގްރާމްކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.