ޕްލޭނިންގ، މޮނިޓަރިންގ އަދި ރިޕޯޓިންގއާއި ގުޅޭގޮތުން ފުވައްމުލަކު ސިޓީގައި ވޯރކްޝޮޕެއް ބާއްވައިފި


09 Aug 2018

ޔުނިސެފްގެ އެހީތެރިކަމާއެކު ޕްލޭނިންގ، މޮނިޓަރިންގ އަދި ރިޕޯޓިންގއާއި ގުޅޭގޮތުން ، ފުވައްމުލަކު ސިޓީގައި މިއޮތޯރިޓީން ވޯރކްޝޮޕެއް ބާއްވައިފިއެވެ. ކެޕޭސިޓީ ބިލްޑިންގ އޮފް ފުވައްމުލައް ޕްލޭނިންގ ސެކްޝަން އޮން ޕްލޭނިންގ މޮނިޓަރިން އެންޑް ރިޕޯރޓިންގ ގެ ނަމުގައި 2018 އޮގަސްޓް 07 އިން 09 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ވޯރކްޝޮޕަކީ 2018 އެޕްރީލްގައި ފުވައްމުލަކު ސިޓީގައި ބޭއްވުނު ކޮމިއުނިޓީ ވޯރކްޝޮޕަށް ފަހު އިތުރު މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބޭއްވި ވޯރކްޝޮޕެކެވެ.  އެގޮތުން ޖުމްލަ 14 ބައިވެރިން ބައިވެރިވި މި ވޯރކްޝޮޕުގައި ޑިވެލޮޕްމަންޓް ޕްލޭންގެ މޮނިޓަރިންގ ފްރޭމްވޯރކް އެކުލަވާލުމުގެ މައުލޫމާތު ފޯރުކޮށްދެވުނެވެ.