ހައްދުންމަތީ އަތޮޅު ކައުންސިލާއި މިއޮތޯރިޓީ ގުޅިގެން އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފަށައިފި



ހައްދުންމަތީ އަތޮޅު ކައުންސިލާއި މިއޮތޯރިޓީ ގުޅިގެން މި ޖުލައި މަހުގެ 13 އިން 15 އަށް ކުރިއަށް ގެންދާ ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް މިއަދު ހެނދުނު 10:00 ން ފެށިގެން ކުރިއަށްދަނީ އަތޮޅު ކައުންސިލްގެ އެދުރު ޢުމަރު މާލަމުގައެވެ. މިތަމްރީން ޕްރޮގްރާމްގައި އަތޮޅުގެ ކޮންމެ ކައުންސިލަކުން 3 މުވައްޒަފުން ބައިވެރިވެއެވެ. ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގްރާމުގައި މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގ، ބަޖެޓް އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއިންނެވެ.

މިޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝަރީފެވެ. ރައީސްގެ ވާހަކަފުޅުގައި އަތޮޅު ކައުންސިލްގެ މައިގަނޑު ވިސްނުމަކީ ރަށުކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުން ކަމަށާއި، ރަށުކައުންސިލްތައް ބާރުވެރިކޮށް، ކައުންސިލްތަކުން ހިންގާ ޕްރޮގްރާމްތައް ހުނަރާއެކީގައި ހިންގުމުގެ ޤާބިލްކަށްހުރި މުވައްޒަފުންތަކެއް އުފެއްދުންކަމަށް ވިދާޅުވިއެވެ.