މ،އަތޮޅުގައި ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމް ފެށިއްޖެ


29 Aug 2018

ސްކިލްސް ޑިވްލޮޕްމަންޓް ޕްރޮގްރާމުގެ މުލަކަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް މ. މުލީގައި ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ 2018 އޮގަސްޓް 27 އިން 29 ގެ ނިޔަލަށެވެ. މުލަކަތޮޅު އަތޮޅު ކައުންސިލާއި މިއޮތޯރިޓީ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި މ.އަތޮޅުގެ 8 ކައުންސިލަކުން 18 މުވައްޒަފުން ބައިވެރިވެ ލައްވައެވެ. މި ޕްރޮގްރާމަކީ، ކައުންސިލްތަކުގެ ބަޖެޓް، އިދާރީ އަދި ޕްލޭނިންގ މުވައްޒަފުންނަށް ޚާއްސަކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ މަޤްސަދަކީ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޕާފޯމަންސް ރަނގަޅުކުރުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމުގައި ކައުންސިލްތަކުގެ ޕްލޭނިންގ، ބަޖެޓް، މާލީ ކަންތައްތައް އަދި އިދާރީ އެކި އެކި ހުނަރުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެއެވެ 

މިހާތަނަށް މި ޕްރޮގްރާމް ވަނީ 10 އަތޮޅެއްގައި ކުރިއަށް ގެންދެވިފައެވެ.