ރ. ދުވާފަރު ކައުންސިލްގެ މޮނިޓަރިންގ ފަށައިފި


19 Sep 2018

ރ. ދުވާފަރު ކައުންސިލް މޮނިޓަރކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 61 ވަނަ މާއްދާގެ (ހ) އަދި (ށ) އިން، ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނު އަސާސީއާއި މިޤާނޫނާއި އެހެނިހެން ޤާނޫނުތަކާ އެއްގޮތަށްތޯ ބަލައި، އެ މަސައްކަތްތަކާއި ޙަރަކާތްތައް ޤައުމީ ފެންވަރުގައި ވިލަރެސްކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް  މިއޮތޯރިޓީން ކުރިއަށް ގެންދެއެވެ.