2017 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި


26 Feb 2019

ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ރޭ ސެންޓްރަލް ހޮޓެލްގައި ކުރިޔަށްދިޔަ މި ހަފްލާގައި 2017  ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތަކީ 2017 ވަނަ އަހަރު މި އޮތޯރިޓީގެ މުވައްޒަފުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނު މުވައްޒަފުންނަށް އެވޯޑާއި ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތެކެވެ. 

މި ހަފްލާގައި އެވޯޑް ހާސިލްކުރެއްވި މުވައްޒފުންނަށް އެވޯޑް ބައްސަވާދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހެމާނު މި އޮތޯރިޓީގެ ރައީސް އޮނަރަބްލް އައްޝައިޚު ޢިމްރާން ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ތިން ކެޓަގަރީއަކުން ޖުމްލަ 7 މުވައްޒަފުން އެވޯޑް ޙާސިލްކޮށްފައިވެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑަކީ މިއޮތޯރިޓީގެ މުވައްޒަފުން މަސައްކަތްތަކަށް ޝައުގުވެރިކުރުވުމާއި، ގިނަދުވަހު އޮތޯރިޓީގެ ވަޒީފާގައި ދެމެހެއްޓުމާއި، މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ ހަލުވިމިން ކުރިއެރުވުމާއި، ރަނގަޅު އަހްލާގެއްގެ މަތީ ދެމިތިބުމަށް މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި 2016 ވަނަ އަހަރު މި އޮތޯރިޓީއަށް ތައާރަފްކުރެވި މުވައްޒަފުންނަށް ދޭން ފަށާފައިވާ އެވޯޑެކެވެ.

 

2017 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ޙާޞިލްކުރި މުވައްޒަފުން

އެމްޕްލޯއީ އޮފް ދަ އިޔަރ

  • ޝިފާ ޢަލީ މުރުތަޟާ- ފައިނޭންސް އޮފިސަރ

ގޯލްޑް ޕާފޯމާރސް

  • ޙުސައިން ވަހީދު- ޕްރޮޖެކްޓްސް އޮފިސަރ
  • ޒީނާ ޖަޢުފަރު- އެކައުންޓެންޓް
  • އިސްމާޢީލް ރަޝީދު- ފައިނޭންޝަލް އޮޑިޓަރ

ސިލްވަރ ޕާފޯމާރސް

  • ޙުސައިން ސާލިމް- ފައިނޭންސް އޮފިސަރ
  • ޢަބްދުﷲ ރަޝީދު- އެސިސްޓެންޓް ޑިރެކްޓަރ
  • ޚަދީޖާ އައްބާސް- އެޑްމިނިސްޓްރޭޓިވް އޮފިސަރ