އެލްޖީއޭގެ އަންހެން މުވައްޒަފުންގެ މެޓަރނިޓީ ލީވް 6 މަހަށް، ފިރިހެން މުވައްޒަފުންގެ ޕެޓަރނިޓީ ލީވް 1 މަހަށް ހަމަޖައްސަވައިފި


13 Mar 2019

އެލްޖީއޭގެ އަންހެން މުވައްޒަފުން ވިހެއުމާއިގުޅިގެން ދޭ ޗުއްޓީ 6 މަސްދުވަހަށް އަދި ފިރިހެން މުވައްޒަފުގެ އަނބިމީހާ ވިހެއުމުން ފިރިހެން މުވައްޒަފަށްދޭ ޗުއްޓީ އެއްމަސް ދުވަސް މުސާރައާއިއެކު ލިބޭގޮތައް ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ވަޒިފާ އަދާކުރާ މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވާއި އަދި ބައްޕައަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނޭގޮތް ހެދުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މިގޮތުގެމަތީން މި އޮތޯރިޓީގެ މުވައްޒަފުންނަށް 12 މާރޗް 2019 އިން ފެށިގެން މެޓަރނިޓީ އަދި ފެޓަރނިޓީ ލީވް ދިނުމަށް ބޯޑުންވަނީ ނިންމާފައެވެ.