ބިދޭސީންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތާއިގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާއި އެކު ބައްދަލުވުމެއް މިއަދު ބާއްވައިފި


16 Jul 2020

މި އޮތޯރިޓީން އިސްނަގައިގެން ކުރިއަށް ގެންދާ ރަށްރަށުގައި މަސައްކަތް ކުރާ ބިދޭސީންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތާއިގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މި އޮތޯރިޓީއާއި މާލޭ ސިޓީކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މި އޮތޯރިޓީގެ އެދިލެއްވުމަކަށް ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި މި މަސައްކަތް ކުރިޔަށް ގެންދާނެ ގޮތާއި އަދި ބޭނުންވާ މައުލޫމާތު ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުން ހޯދާނެގޮތާއިބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރަށް މި މަސައްކަތާއިގުޅުން ހުރި އެހެނިހެން ކަންކަމާއިގުޅޭ ގޮތުން ވެސް ކޮމިޓީގެ މަޝްވަރާ ހޯދުނެވެ.