އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައާއި އިނާޔަތްތައް ޕޭ ކޮމިޝަނުން ކަނޑައަޅައިފި އައު

22 މޭ 2026

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މުސާރައާއި އިނާޔަތްތައް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ކަނޑައަޅުއްވައިފިއެވެ.
ޕޭ ކޮމިޝަނުން މިއަދު މިކަން ހާމަކުރައްވައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުއްވި ސިޓީގައިވާ ގޮތުން، ރަށު ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ އަސާސީ މުސާރައަކީ 10,000 ރުފިޔާ އެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި ކަނޑައެޅުއްވީ 5,000 ރުފިޔާ އެވެ. އަދި ނައިބު ރައީސްގެ ފިކްސްޑް އެލަވަންސަކީ 4,000 ރުފިޔާ ކަމަށާއި، މެންބަރެއްގެ ފިކްސްޑް އެލަވަންސަކީ 3,000 ރުފިޔާ ކަމަށް ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ނައިބު ރައީސަށާއި މެންބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި މަހަކު 2,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.
ސިޓީ ކައުންސިލްތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކަނޑައެޅުއްވި މުސާރައަށް ބަލާއިރު، ކޮމިޓީގެ ރައީސްގެ އަސާސީ މުސާރައަކީ 15,000 ރުފިޔާއެވެ. އަދި ލިވިންގ އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. ނައިބު ރައީސަށް ފިކްސްޑް އެލަވަންސްގެ ގޮތުގައި 5,000 ރުފިޔާ އަދި މެންބަރުންނަށް 4,000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، ކޮމިޓީ އެލަވަންސްގެ ގޮތުގައި ނައިބު ރައީސަށާއި މެންބަރުންނަށް ވެސް ލިބިވަޑައިގަންނަވާނީ 2,000 ރުފިޔާއެވެ.
ޕޭ ކޮމިޝަނުން ބަޔާންކުރައްވާފައިވާ ގޮތުގައި، އަލަށް މި ކަނޑައެޅުނު މުސާރައާއި އިނާޔަތްތައް ދެއްވަން ފަށްޓަވާނީ 17 މޭ 2026 އިން ފެށިގެންނެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް