"ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ތަމްރީނު ޕްރޮގުރާމުގެ 10 ވަނަ ބެޗްގެ ބައިވެރިން ތަމްރީނަށް ފުރުމުގެ ކުރިން ރަސްމިއްޔާތެއް ބާއްވައިފި އައު

04 ޖެނުއަރީ 2026

ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް (އެން.އައި.އާރު.ޑީ.ޕީ.އާރު)އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ދެމެދު ސޮއިކުރެވިފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ 10 ވަނަ ބެޗުގެ ބައިވެރިން ތަމްރީނަށް ފުރުމުގެ ކުރިން ބައިވެރިންނަށް ހާއްސަ ރަސްމިއްޔާތެއް މިއަދު ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ކުމާރް ގޯރަވް އާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް މުޙައްމަދު ނިމާލް ވަނީ ބައިވެރިވެވަޑައިގެން ތަމްރީނުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް ދިވެހިރާއްޖެގޭ ލާމަރުކަޒީ ނިޒާމު ކުރިއެރުވުމަށާއި، އިންޑިއާގެ ލާމަރުކަޒީ ނިޒާމު ހިނގަމުންދާގޮތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ މި ތަމްރީނު ޕްރޮގްރާމު 10 ވަނަ ބެޗް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 4 ޖެނުއަރީ 2026 އިން 19 ޖެނުއަރީ 2026 އަށް އިންޑިއާގެ ހައިދުރާއާބާދުގައެވެ. މި ބެޗުގައި ރަށު ކައުންސިލްތަކުން 29 ފަރާތަކާއި އަދި އެލް.ޖީ.އޭ ގެ 1 މުވައްޒަފެއް ބައިވެރިވެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް