ލާމަރުކަޒީ ކުއިޒް 3 އިން ވަނަ ވަނައަށް ދިޔަ ފަރާތްތަކުގެ ނަތީޖާ ފާޅުކޮށްފި

26 އޯގަސްޓު 2025

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ގުޅިގެން އެމް.އައި.އެލް.ޖީ އިން ޢާންމުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އޮންލައިން ކުއިޒް މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ލާމަރުކަޒީ ކުއިޒް 3 ކުރިޔަށް ގެންދެވުނީ 7 ދުވަހަކަށް ބަހާލެވިގެންނެވެ. މި ކުއިޒް މުބާރާތުގައި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ބައިވެރިން ބައިވެރިވެފައިވާއިރު، ކުއިޒްގެ ސުވާލުތައް ޕޯސްޓު ކުރެވެމުން ދިޔައީ އެމް.އައި.އެލް.ޖީ ގެ އިންސްޓަގްރާމް އަދި ފޭސްބުކް އެކައުންޓުގައެވެ. ކޮންމެ ދުވަހަކުވެސް 1 ސުވާލު ޕޯސްޓު ކުރެވި އެ ދުވަހެއްގެ ރަނގަޅު ޖަވާބު އަނެއް ދުވަހުގެ ސުވާލާއެކު ޕޯސްޓު ކުރެވިގެން ދިޔައެވެ. ވަނަ ވަނަ ހޮވުމަށްޓަކައި، ކުއިޒްގައި ބައިވެރިވުމުގެ އިރުޝާދުތަކަށް ތަބާވެ އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅުކޮށްފައިވާ 10 ބައިވެރިންގެ މެދުގައި ވަނީ ގުރުއަތެއް ނަގާފައެވެ. ގުރުއަތު ނެގުން އެމް.އައި.އެލް.ޖީ ގެ ފޭސްބުކް އެކައުންޓުން ވަނީ ލައިވްކޮށް ދައްކާފައެވެ.
ވަނަވަނައަށް ދިޔަ ބައިވެރިންނާއި ލިބުނު އިނާމު:
1 ވަނަ – ޢަބްދުލްއަޙަދު ޢަބްދުއްރަޝީދު – 1500 ރުފިޔާގެ ފައިސާގެ އިނާމު
2 ވަނަ – ފާޠިމަރު ރިސްތާ – 1000 ރުފިޔާގެ ފައިސާގެ އިނާމު
3 ވަނަ – އާމިނަތު މުޙައްމަދު – 500 ރުފިޔާގެ ފައިސާގެ އިނާމު
2025 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައިވެސް އެމް.އައި.އެލް.ޖީ އިން ވަނީ ޢާންމުންނަށް ހުޅުވާލައިގެން ލާމަރުކަޒީ ކުއިޒެއް އިންސްޓަގްރާމްގައި ކުރިޔަށް ގެންގޮސްފައެވެ. މިފަދަ ކުއިޒްތަކުގެ މަގުސަދަކީ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވާ އެލް.ޖީ.އޭ އަދި އެމް.އައި.އެލް.ޖީ އިން ހިންގާ ހަރަކާތްތަކުގައި އާއްމުންގެ ބައިވެރިވުން އިތުރުކުރުވުމެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް