މިއޮތޯރިޓީގެ 2022 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި


28 Nov 2023

މި އޮތޯރިޓީގެ 2022 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ 2023 ނޮވެމްބަރ 21 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ހޮޓެލްގައި ކުރިޔަށްގެންދިޔަ ހަފްލާއެއްގައެވެ. މި ހަފުލާ ޝަރަފް ވެރިކޮށްދެއްފާވައިވަނީ މި އޮތޯރިޓީގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އާދަމް ޝަރީފެވެ.

މި ހަފްލާގައި އެވޯޑް ހާސިލްކުރެއްވި މުވައްޒަފުންނަށް އެވޯޑް ބައްސަވާދެއްވީ މި ހަފްލާގެ ޝަރަފުވެރި މެހެމާނު މި އޮތޯރިޓީގެ ރައީސް އޮނަރަބްލް އާދަމް ޝަރީފުގެ އިތުރުން ފިލިޕީންސް ކައުންސިލާރސް ލީގްގެ ނެޝަނަލް ޗެއާމަން އެޓާރނީ ރައުލް ކޮރޯ އާއި ފިލިޕީންސްގެ ޑިޕާރޓްމަންޓް އޮފް ދަ އިންޓީރިއަރ އެންޑް ލޯކަލް ގަވަރންމަންޓް ބިޔުރޯ އޮފް ލޯކަލް ގަވަރމެންޓް ސުޕަވިޜަންގެ ޑިވިޝަން ޗީފް މިސް ޑަޔާނާ ބަލްޑޮނާޑޯއެވެ. މި ރަސްމިއްޔާތުގައި ހަތަރު ކެޓަގަރީއަކުން ޖުމްލަ 8 އެވޯޑް ދެވިފައިވެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެމްޕްލޯއީ ޕާފޯމެންސް އެވޯޑަކީ މިއޮތޯރިޓީގެ މުވައްޒަފުން މަސައްކަތްތަކަށް ޝައުގުވެރިކުރުވުމާއި، ގިނަދުވަހު އޮތޯރިޓީގެ ވަޒީފާގައި ދެމެހެއްޓުމާއި، މަސައްކަތުގެ ފެންވަރާއި މަސައްކަތުގެ ހަލުވިމިން ކުރިއެރުވުމާއި، ރަނގަޅު އަހްލާގެއްގެ މަތީ ދެމިތިބުމަށް މުވައްޒަފުންނަށް ހިތްވަރު ދިނުމުގެ މަގްސަދުގައި 2016 ވަނަ އަހަރު މި އޮތޯރިޓީއަށް ތައާރަފްކުރެވި މުވައްޒަފުންނަށް ދޭން ފަށާފައިވާ އެވޯޑެކެވެ.

2022 ވަނަ އަހަރުގެ އެމްޕްލޯއީ ޕާފޯމަންސް އެވޯޑް ޙާޞިލްކުރި މުވައްޒަފުން

އެމްޕްލޯއީ އޮފް ދަ އިޔަރ:

  • ޝިފާ ޢަލީ މުރުތަޟާ - ސިސްޓަމް އެޑްމިނިސްޓްރޭޓަރ  

ގޯލްޑް ޕާފޯމާރސް

  • އަބްދުލް މުޢުމިން - އެސިސްޓެންޓް ޑިރެކްޓަރ
  • ހަސަން އިސްމާޢީލް – ސިސްޓަމް އެންލިސްޓް
  • ޝައުފާ ރަޝާދު -  ސީނިއަރ ފައިނޭންސް އޮފިސަރ

ސިލްވަރ ޕާފޯމާރސް

  • މުޙައްމަދު އިރުފާމް - ފައިނޭންސް އޮފިސަރ
  • މިފްތާޙް މަޖީދު - ފައިނޭންސް އޮފިސަރ
  • އަޙުމަދު ވިސާމް – އެޑްވޮކޭޓަރ

ޕާރފެކެޓަ އެޓެންޑެންސް:

  • ޝިފާ ޢަލީ މުރުތަޟާ - ސިސްޓަމް އެޑްމިނިސްޓްރޭޓަރ