އިންޑިއާގައި ބާއްވާ 'ޓްރެއިނިން ފޯ ލީޑަރޝިޕް ޑިވެލޮޕްމަންޓް ފޯ ލޯކަލް އިލެކްޓެޑް ރެޕްރެޒެންޓޭޓިވްސް - އައިލެންޑް ކައުންސިލްސް'ގެ ބައިވެރިން ޓްރެއިނިންގއަށް ފުރުމުގެ ކުރިން ރަސްމިއްޔާތެއް ބާއްވައިފި


21 Jan 2024

"ކެޕޭސިޓީ ބިލްޑިންގ އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ތަމްރީން ޕްރޮގްރާމްގެ ހަތަރުވަނަ ބެޗުގެ ބައިވެރިންގެ ދަތުރަށް ފުރުން ފާހަގަކުރުމުގެ ގޮތުން 2024 ޖަނަވަރީ 16 ވަނަ ދުވަހު ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އިންޑިއާ ހައި ކޮމިޝަނަރ ޝްރީ މުނޫ މަހާވަރު އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ. މަރިޔަމް ޒުލްފާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ. މި ތަމްރީނުގައި ރަށު ކައުންސިލްތަކުގެ 27 މެންބަރުންނާއި އެލްޖީއޭގެ 2 މުވައްޒަފުން ހިމެނޭ ގޮތަށް ޖުމުލަ 29 ބައިވެރިން ބައިވެރިވެވަޑައިގަންނަވައެވެ. ނެވެ. މިއީ އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް (އެން.އައި.އާރު.ޑީ.ޕީ.އާރު) އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ބާއްވާ ތަމްރީނުތަކުގެ 4 ވަނަ ބެޗެވެ.