- އިންފޯމޭޝަން ރިވިއު ކޮމިޓީ
ކޮމިޓީގައި ހިމެނޭ މެންބަރުން
- އަޙުމަދު ޝިހާދު، ޑިރެކްޓަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން (ޗެއަރ ޕާރސަން)
- އަޒްހަތު ރުޝްދީ، ޑިރެކްޓަރ، ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
- ޒީނާ ޖަޢުފަރު، އެސިސްޓަންޓް ޑިރެކްޓަރ، ފައިނޭންސް
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- މަޢުލޫތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މަޢުލޫމާތު ޢާންމުކުރޭތޯ ބެލުން.
- ވަކި މަޢުލޫމާތެއް ހޯދުމަށް އެދޭފަރާތްތަކަށް އެމަޢުލޫމާތު ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދޭތޯ ބެލުން.
- މަޢުލޫމާތު ފޯރުކޮށްދިނުމަށް އިންކާރުކުރާ ޙާލަތްތަކުގައި އެކަން ބަލާ ފިޔަވަޅުއެޅުން.
- ޤާނޫނާއި އެއްގޮތަށް އިންފޯމޭޝަން ކޮމިޝަނަރަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅާތޯ ބެލުން.
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
- މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސްއިންނެވެ.
ކޮމިޓީގައި ހިމެނޭ މެންބަރުން
- އާދަމް ޝަރީފް އަޙްމަދު، ޑިރެކްޓަރ ޖެނެރަލް، ކައުންސިލް ސަޕޯރޓް ސާރވިސަސް، މޮނިޓަރިންގ އެންޑް ޕްރޮޖެކްޓްސް ( ޗެއަރ ޕާރސަން)
- އަބްދުﷲ ރަޝީދު، އެސިސްޓަންޓް ޑިރެކްޓަރ، ކައުންސިލް ކޯޕަރޭޓް ސަރވިސަސް (ވައިސް ޗެއަރ ޕާރސަން)
- އަޙުމަދު ޝިހާދު، ޑިރެކްޓަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން
- ޙުސައިން ވަޙީދު، ޑިރެކްޓަރ، ޓްރެއިނިންގ އެންޑް އެޑްވޮކަސީ
- ފާޠިމަތު ނާޡިރާ، އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- އޮތޯރިޓީން މުދަލާއި ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާންތަކުގައި މާލިއްޔަތު ޤަވާޢިދުގައި ބަޔާންކުރާ ޝަރުތުތައް ހިމެނޭތޯ ބެލުން.
- އޮތޯރިޓީން މުދަލާއި ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާނާއި ގުޅިގެން ބާއްވަން ޖެހޭ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑާއި ގުޅޭގޮތުން ކުރާސުވާލުތަކަށް ޖަވާބުދިނުން.
- އޮތޯރިޓީން މުދަލާއި ސަރވިސް ލިބިގަތުމަށް ކުރާ އިޢުލާނާއި ގުޅިގެން ހުށަހަޅާ އަންދާސީ ހިސާބު ނުވަތަ ބީލަން ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުން.
- ހުށަހެޅިފައިވާ ބީލަންތައް އިވަލުއޭޓްކުރުމުގައި ބީލަމަކާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންކަމެއް ނުވަތަ މަޢުލޫމާތެއް ސާފުކުރުމަށް ދައުލަތުގެ އެމުވައްސަސާއެއްގައި އެދުން.
- އޮތޯރިޓީއަށް ހުށަހެޅޭ ބީލަންތައް ދިރާސާކުރުމާއި މަސައްކަތް ޙަވާލުކުރާނޭ ފަރާތެއް ކަނޑައަޅުން.
- އޮތޯރިޓީން ކޮށްފައިވާ އެގްރީމެންޓަކާއި މަސައްކަތް ޙަވާލުވާ ފަރާތްތަކުން ޚިލާފުވުމާއި، އެގްރީމެންޓް އުވާލުމަށް ޖެހޭ ހާލަތްތަކުގައި އެކަން ބަލާ ދިރާސާކޮށް، އޮތޯރިޓީއަށް ލަފާދިނުން.
-
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
- މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ޕްރޮކިއުމަންޓުންނެވެ.
- ސްޓްރަޓެޖިކް ޕްލޭނިންގ ކޮމިޓީ
ކޮމިޓީގައި ހިމެނޭ މެންބަރުން
- ފާޠިމަތު އަފްޝާން ލަޠީފް، ޗީފް އެގްޒެކެޓިވް އޮފިސަރ (ޗެއަރ ޕާރސަން)
- އާދަމް ޝަރީފް އަޙްމަދު، ޑިރެކްޓަރ ޖެނެރަލް، ކައުންސިލް ސަޕޯޓް ސަރވިސަސް، މޮނިޓަރިންގ އެންޑް ޕްރޮޖެކްޓްސް
- ޝަމްޢޫން އާދަމް، ޑިރެކްޓަރ ޖެނެރަލް ، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް
- އަޙުމަދު ޝިހާދު، ޑިރެކްޓަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން
- މުޙައްމަދު ނަޞީރު، ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- އޮތޯރިޓީގެ ދުރުރާސްތާ ސިޔާސަތުތަކާއި ސްޓްރަޓަޖީތައް ކަނޑައެޅުން
- ލާމަރުކަޒީ ނިޒާމަށް ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް ދެނެގަނެ އޮތޯރިޓީން ކުރަންވީ ކަންކަން ކަނޑައެޅުން
- ސަރުކާރުގެ ޕޮލިސީއަށް ގެންނަ ބަދަލަކުން ނުވަތަ ޤާނޫނަށް ގެނެވޭ ބަދަލަކުން ލާމަރުކަޒީ ނިޒާމަށް އައިސްދާނެ ބަދަލުދެނެގަނެ ވީހާވެސް އޮމާންކޮށް ކައުންސިލްތަކުގެ ހިންގުމާއި އޮތޯރިޓީގެ ހިންގުން ބައްޓަންކުރުމަށް ބޭނުންވާ ލަފާ ދިނުން
- ލާމަރުކަޒީ ނިޒާމާއި ބެހޭގޮތުން އެކުލަވާލެވޭ ކަރުދާސްތަކާއި ހޯދޭހޯދުންތައް ދިރާސާކުރުމާއި އެކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމާއި، ހިންގާނެ ތަމްރީނު ކަނޑައެޅުމާއި ބެހޭގޮތުން ލަފައާއި އިރުޝާދު ދިނުން
- އޮތޯރިޓީން ހާސިލްކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތަކަށް ވާސިލްވެވޭ މިންވަރު ދެނެގަތުމާއި ހިންގުމަށް ގެންނަން ޖެހޭ ބަދަލު ފާހަގަކޮށް ލަފާ ދިނުން.
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
ސްޓްރަޓެޖިކް ޕްލޭނިންގ ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ބިއުރޯއިންނެވެ.
- ސީނިއަރ މެނޭޖްމަންޓް ޓީމް
މި ޓީމުގައި ހިމެނެނީ MS3 ފެށިގެން މަތީގެ ސްޓާފުންނެވެ.
ކޮމިޓިގެ މަސްޢޫލިއްޔަތުތައް
- އޮތޯރިޓީގެ ޑިވިޝަންތަކުންނާއި، ސެކްޝަންތަކުން އަދި ޔުނިޓްތަކުން ރާވައިގެން ކުރިއަށްގެންދާ މަސައްކަތްތައް ހިއްސާކުރުން
- އިދާރީ ގޮތުން ޑިވިޝަންތަކުންނާއި، ސެކްޝަންތަކުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރުންހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުން
- އެއް ސެކްޝަނަށްވުރެ ގިނަ ސެކްޝަންތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ބޭނުންވާ ކޯޑިނޭޝަން އާ ބެހޭގޮތުން މަޝްވަރާކޮށް ގޮތްތައް ނިންމުން
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
ސީނިއަރ މެނޭޖްމަންޓް ޓީމްގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބަލަހައްޓާނީ ބިއުރޯއިންނެވެ.
- ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ
ކޮމިޓީގައި ހިމެނޭ މެންބަރުން
- ޝަމްޢޫން އާދަމް، ޑިރެކްޓަރ ޖެނެރަލް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް (ވައިސް ޗެއަރ ޕާރސަން)
- އާދަމް ޝަރީފް އަޙްމަދު، ޑިރެކްޓަރ ޖެނެރަލް، ކައުންސިލް ސަޕޯޓް ސަރވިސަސް، މޮނިޓަރިންގ އެންޑް ޕްރޮޖެކްޓްސް
- އަޒްހަތު ރުޝްދީ، ޑިރެކްޓަރ، ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
- އަޙުމަދު ޝިހާދު، ޑިރެކްޓަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން
- މުޙައްމަދު ހާޝިމް، ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސް
- މުޙައްމަދު ނަޞީރު، ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް
- ޙުސައިން ވަޙީދު، ޑިރެކްޓަރ، ޓްރެއިނިންގ އެންޑް އެޑްވޮކަސީ
- ފާޠިމަތު އާދަމް، އެސިސްޓެންޓް ޑިރެކްޓަރ، ހިއުމަން ރިސޯސް
- ޒީނާ ޖަޢުފަރު، އެސިސްޓެންޓް ޑިރެކްޓަރ، ފައިނޭންސް
- އަބްދުﷲ ރަޝީދު، އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ސަޕޯޓް ސަރވިސަސް
- ފާޠިމަތު ނާޡިރާ، އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- އޮތޯރިޓީއަށް ނެގޭ މުވައްޒަފުންގެ ތެރެއިން ވެރިން ފެށިގެން ދަށުގެ މަޤާމުތަކަށް މުވައްޒަފުން ނެގުމަށްޓަކައި ސީ.އީ.އޯގެ އިރުޝާދުގެ ދަށުން އިންޓަވިއު ޕެނަލް އެކުލަވާލުން.
- މުވައްޒަފަކު އެދިގެން މުސާރަ ނުލިބޭގޮތަށް ވީއްލަން ރިކުއެސްޓްކޮށްފިނަމަ އެކަމުގައި ބަލަންޖެހޭ ބެލުންތައް ބަލާ ސީ.އީ.އޯއަށް ނުވަތަ ބޯޑަށް މަޝްވަރާދިނުން.
- މުވައްޒަފެއްގެ ފަރާތުން ފަރުވާކުޑަ ކުރުން ފަދަ ކަމެއް ފެނިގެން ނަސޭހަތްދީ އިސްލާހީ ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ، އެކަމެއް ހިއުމަން ރިސޯސް ކޮމިޓީއަށް ހުށަހެޅުމުން އިސްލާހީ ފިޔަވަޅު އެޅުމަށް ސީ.އީ.އޯއަށާއި މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނަށް މަޝްވަރާދިނުން. (މުވައްޒަފަކާމެދު އިސްލާހީ ފިޔަވަޅެއް އަޅަންޖެހިއްޖެ ހިނދެއްގައި ބޭނުންވާ މަޢުލޫމާތު ސުޕަރވައިޒަރު ނުވަތަ ސެކްޝަންގެ ވެރިޔާ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނަށް ފޮނުވަން ވާނެއެވެ.)
- މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ޙާލަތަކަށް އޭނާގެ ޢަމަލުތައް ހިނގައްޖެނަމަ، އޭނާގެ ސުޕަވައިޒަރު އެސަބަބުތަކުގެ އެންމެހައި ތަފްޞީލު ބަޔާންކޮށް ސީ.އީ.އޯގެ ސަމާލުކަމަށް ގެނައުމުން، އެ މައްސަލަ ބޯޑަށް ހުށަހެޅުމަށް ސީ.އީ.އޯއަށް ލަފާދިނުން.
- އޮތޯރިޓީއަށް ލިބޭ އެކިއެކި ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީން، ސެމިނާރ، ވާރކްޝޮޕް، ސްޓަޑީ ޓުއަރ ފަދަ ކަންކަމަށް މީހުން ފޮނުވުމުގައި ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު ފޮނުވާނެ ފަރާތްތައް ކަނޑައެޅުމަށް ބޯޑަށް/ ސީ.އީ.އޯއަށް މަޝްވަރާދިނުން.
- އޮތޯރިޓީގެ ފަރާތުން ރާއްޖެއިން ބޭރަށް ތަމްރީނު ދިނުމަށް ކޯހެއް/ސްކޮލަރޝިޕް ފަދަ ކަމެއްގައި މުވައްޒަފަކު ފޮނުވަން ޖެހިއްޖެނަމަ، އެފަދަ ނިންމުމެއް ނިންމުމަށް ބޯޑަށް/ ސީ.އީ.އޯއަށް ލަފަޔާއި މަޝްވަރާދިނުން.
- އޮތޯރިޓީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެންނަން ފެނިއްޖެ ހިނދެއްގައި ގެންނަންފެންނަ ބަދަލުތައް ފާހަގަކޮށް ބޯޑަށް ހުށަހެޅުމަށް ސީ.އީ.އޯއަށް ލަފައާއި މަޝްވަރާދިނުން.
- މަސައްކަތުގެ ފެންވަރުބެލުމާއި މުވައްޒަފުންނަށް ޢިނާޔަތްތަކާއި ކުރިއެރުން ދިނުމުގައި ބޯޑަށް ހުށަހެޅުމަށް ސި.އީ.އޯއަށް ލަފަޔާއި މަޝްވަރާދިނުން.
- އޮފީހުގެ މަސައްކަތު މާހައުލަކީ މަސައްކަތްކުރުމަށް ފަސޭހަ، މުވައްޒަފުން އުޅޭހިތްވާ އަދި އެކަކު އަނެކަކާއި އަޅާލާފަދަ މާހައުލަކަށް ހެދުމަށް އެހީތެރިވެދީ މަސައްކަތްކުރުން.
- މެންބަރުން ނޫން ފަރާތްތަކަށް އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މީޓިންގ ތަކުގައި ބައިވެރިވެވޭނީ ކޮމިޓީގެ މެންބަރުން އެކަމަށް އިއުތިރާޒު ނުކުރާނަމައެވެ. ނަމަވެސް ކޮމިޓީގައި ވޯޓުނެގޭ އެއްވެސް ކަމެއްގައި އެފަދައިން ބައިވެރިވާ ފަރާތަކަށް ވޯޓެއް ނުލެވޭނެއެވެ.
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ
ކޮމިޓީގައި ހިމެނޭ މެންބަރުން
- އަޙްމަދު އަމްޔޫނީ އިސްމާއީލް، ސޮފްޓްވެއަރ ޑިވެލޮޕަރ
- ފާތިމަތު އާދަމް އެސިސްޓަންޓް ޑިރެކްޓަރ، ހިއުމަން ރިސޯސަސް
- ޒީނާ ޖަޢުފަރު، އެސިސްޓަންޓް ޑިރެކްޓަރ، ފައިނޭންސް
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމަކީ ޤާނޫނު ހުއްދަކުރާ ކަމެއް ނޫންކަން ޢާންމުކޮށް އެނގޭނެފަދަ ގޮތަކަށް ވަޒީފާ އަދާކުރާ ތަނުގައި ނުވަތަ މަރުކަޒުތަކުގައި ފެންނަން ހުންނާނެހެން ބެހެއްޓުން
- ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމާ ބެހޭގޮތުން މުވައްޒަފުންނަށް ނުވަތަ ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން
- އެ ތަނެއް ނުވަތަ މަރުކަޒެއްގައި ހިނގާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލަކާ ބެހޭގޮތުން ޝަކުވާއެއް ހުށަހެޅިއްޖެނަމަ ނުވަތަ އެފަދަ ޢަމަލެއް ހިނގާ ކަމަށް މަޤްބޫލު ސަބަބަކާހުރެ ޤަބޫލުކުރެވިއްޖެނަމަ، އެ ޝަކުވާ ނުވަތަ ތުހުމަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ބަޔަކު ހާޒިރުކޮށް ބަޔާން ނަގައި ހެކިބަސް ހޯދުން
- ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުން
- ޝަކުވާއަކާ ގުޅިގެން ކުރަންޖެހޭ ތަޙްޤީޤުތައްކޮށް، ޝަކުވާ ރައްދުވާ ފަރާތުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ސާބިތުވެއްޖެނަމަ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު ނުވާނެ ގޮތެއްގެމަތިން އޭނާއާމެދު އެކަށީގެންވާ ފިޔަވަޅު އެޅުން.
- ޝަކުވާއަކާ ގުޅިގެން ކުރުންޖެހޭ ތަޙްޤީޤުކޮށް، އެ ޝަކުވާއަކީ ޖިނާއީ ކުށަކާގުޅޭ ޝަކުވާއެއްނަމަ، އެ މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށް ކަމާބެހޭ ފަރާތައް ހުށަހެޅުމަށް ޝަކުވާ ހުށަހެޅި ފަރާތަށް އެންގުމާއި އެކަން ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން
- މައްސަލަ ބެލުމަށްފަހު، ޝަކުވާ ރައްދުވަ ފަރާތުން ޖިންސީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގިކަމަށް ސާބިތުވެއްޖެނަމަ އޭގެ ސަބަބުން މުވައްޒަފަށް ގެއްލިފައިވާ ޢިނާޔަތެއް ނުވަތަ ވަޒީފާ ކުރިއެރުމެއް ނުވަތަ އެހެންވެސް ޙައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން؛ ނުވަތަ ޝަކުވާ ހުށަހެޅި މަރުކަޒަކުން ޚިދުމަތެއް ހޯދުމަށް ދިޔަ ފަރާތެއްނަމަ، އޭގެ ސަބަބުން އޭނާއަށް ގެއްލިފައިވާ ފުރުޞަތެއް ނުވަތަ ހައްޤެއް ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުން
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
މިކޮމެޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- މުޙައްމަދު ނަޞީރު، ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް
- ޙުސައިން ވަޙީދު، ޑިރެކްޓަރ، ޓްރެއިނިންގ އެންޑް އެޑްވޮކަސީ
- ފާޠިމަތު ނާޡިރާ، އެސިސްޓެންޓް ޑިރެކްޓަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- އޮތޯރިޓީގެ މުވައްޒަފުން ހުށަހަޅާ ޝަކުވާތަކާއި ގްރީވަންސްތައް ބަލާ، އެކަންކަމާމެދު އަޅަންވީ ފަޔަވަޅުތަކާއި ބެހޭގޮތަން އޮތޯރިޓީއަށް ލަފާ ދިނުން
ކޮމިޓީގައި ހިމެނޭ މެންބަރުން
- މޫސާ ޞިއްދީގު، އެސިސްޓަންޓް ޑިރެކްޓަރ، މޮނިޓަރިންގ އެންޑް އިވާލުއޭޝަން
- އިބްރާޙީމް ފުރުޤާން، އޮޑިޓަރ، މޮނިޓަރިންގ އެންޑް އިވާލުއޭޝަން
- ޙުސެއިން ސާލިމް، އޮޑިޓަރ، މޮނިޓަރިންގ އެންޑް އިވާލުއޭޝަން
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- އޮފީހުގެ ފައިސާއާއި ހިސާބުތައް އަހަރުން އަހަރަށް (އިންޓަރނަލް) އޮޑިޓް ކުރުން.
- އޮފީހުގައި ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ފައިސާއާއި ހިސާބުތައް (އިންޓަރނަލް) އޮޑިޓް ކުރުން.
- ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށްޓަކައި، ފައިނޭންސް އެންޑް އެކައުންޓްސް ޔުނިޓްގެ މަސައްކަތްތަކަށް ލަފާދިނުން.
- މުޅިއޮފީހުގެ މަސައްކަތްތަކާ ގުޅިގެން ޕާރފޯމަންސް އޯޑިޓް ކުރުމަށް ބޭނުންވާ ނިޒާމެއް ގާއިމްކުރުން.
- އޮފީހަށް ހޯދާ/ލިބޭތަކެތި (ސްޓޮކް) އިންވެންޓްރީއަށް ނަގާތޯ ބަލާ، އެތަކެތީގެ ރިކޯޑްސްތައް ޤަވާއިދުން ބަލަހައްޓާތޯ ސުޕަވައިޒްކޮށް، އެތަކެތީގެ ރިޕޯޓެއް ކޮންމެ މަހަކު އެއްފަހަރު ތައްޔާރުކުރުން.
- އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީ ޤަވާއިދުން ބަލަހައްޓާތޯ ބެލުން.
- އޯޑިޓް އޮފީހުން އޮތޯރިޓީ އޯޑިޓް ކުރުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ގުޅިގެން އޮތޯރިޓީ އޯޑިޓް ކުރުމަށް ފެސިލިޓޭޓްކޮށްދިނުން.
- އިންޓަރނަލް އޮޑިޓް ކުރުމުގައި ބޭނުންވާނެ މެޓީރިއަލްސް ތައްޔާރުކޮށް ތަރައްގީކުރުން.
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
- މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ އިންޓަރނަލް އޮޑިޓުންނެވެ.
ކޮމިޓީގައި ހިމެނޭ މެންބަރުން
- އަޒްހަތު ރުޝްދީ، ޑިރެކްޓަރ- ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
- ޙުސައިން ސާލިމް، އޮޑިޓަރ، މޮނީޓަރިންގ އެންޑް އިވެލުއޭޝަން
- މަރްޔަމް ޔުމްނާ- ލީގަލް އޮފިސަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
ޤާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކުއަލިޓީ ޤާނޫނު) ގެ 20 ވަނަ މާއްދާގެ ދަށުން މި އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތައް ބެލުން.
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
- ކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ހިއުމަން ރިސޯސް ސެކްޝަނުންނެވެ.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ބެހޭ ކޮމްޕްލެއިންސް ކޮމިޓީ
ކޮމިޓީގައި ހިމެނޭ މެންބަރުން
- އަޙުމަދު ޝިހާދު، ޑިރެކްޓަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން (ޗެއަރ ޕާރސަން)
- މުޙައްމަދު ހާޝިމް، ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސް
- އާއިޝަތު ޢަލީ، ޕްރޮޖެކްޓްސް އޮފިސަރ، ކައުންސިލް ޑިޖިޓަލައިޒޭޝަން އެންޑް ޕްރޮޖެކްޓްސް
- ނާފިޢާ ނަޞީރު، އެސިސްޓަންޓް ޑިރެކްޓަރ، ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް
- ޙަމްދާ ޢަބްދުލް ރަޙްމާން، އެސިސްޓަންޓް ލީގަލް އޮފިސަރ، ލީގަލް އެންޑް އިންވެސްޓިގޭޝަން
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިންތިޚާބުކުރުމުގައި ޢަމަލުކުރަންވީ އުޞޫލު (04/221/2015/އ) 43 ވަނަ މާއްދާގައި ލާޒިމްކުރާ ކަންކަން ކުރުމަށް
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
- މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ ކައުންސިލް ކޯޕަރޭޓް ސަރވިސަސް ސެކްޝަނުންނެވެ.