ހައްދުންމަތި އަތޮޅު ކައުންސިލްގެ 2024 ގެ އަހަރީ ޙަފްލާގައި އެލްޖީއޭގެ ސީއީއޯ ޝަރަފުވެރިކޮށްދެއްވައިފި


19 May 2024

ހައްދުންމަތި އަތޮޅު ކައުންސިލްގެ 2024 ގެ އަހަރީ ޙަފްލާ މެއި 17 ވީ ހުކުރުދުވަހުގެ ރޭ ލ.ފޮނަދޫގައި ބާއްވައިފިއެވެ. މި އޮތޯރިޓީގެ ސީއީއޯ ޑރ.މަރްޔަމް ޒުލްފާ ޝަރަފްވެރިކުރެއްވި މިހަފްލާއަކީ ހައްދުންމަތި ކައުންސިލުން ވޭތުވެދިޔަ އަހަރު ހިންގުނު މުހިއްމު ޙަރަކާތްތަކައި، ކުރިޔަށް ރޭވިފައިހުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައި  ކައުންސިލުގެ  ކާމިޔާބީތަށް  ފާހަގަކުރުމަށް  ބޭއްވިގެންދާ  ހަފްލާއެކެވެ.  އެގޮތުން  އަހަރުތެރޭގައި ފާހަގަ ކޮށްލެވޭ މުވައްޒަފުންނާއި އަދި ދިގުމުއްދަތަކަށް ޙިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށްޓަކައި ހާއްސަ އިނާމުތަކާއި އެވޯޑުތަށް ވަނީ އެ ފަރާތްތަކަށް އަރުވާފައެވެ.

އަދި މި ރަސްމިއްޔާތުގައި ސީއީއޯ ދެއްކެވި ވާހަކަފުޅުގައި ވަނީ ނަމޫނާ ކައުންސިލަކަށް ވުމަށްޓަކައި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކޮށް ދެއްވުމަށާއި، ޓީމް އެކުގައި ކުޅެގެން ޗެމްޕިއަން ކަން ހޯދުމުގެ ރޫހުގައި ކައުންސިލަރުންނާއި ސިވިލް ސާވިސް ގެ ބޭފުޅުން އެކުގައި މަސައްކަތް ކުރުމަކީ މުހިއްމުކަމެއް  ކަމުގައި  ބަޔާންކޮށް  އެކަމަށްވަނީ ހިއްވަރުދެއްވާފައެވެ.