2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ޤާނޫނުގައި ބަޔާންކުރާ މުއްދަތައް ފޮނުވި ކައުންސިލްތައް އާއްމުކޮށްފި


19 Feb 2018

ކައުންސިލްތަކުން   2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް، 2018 ޖަނަވަރީ 20 ވަނަ ދުވަހުގެ ނިޔަލަށް މިއޮތޯރިޓީއަށް ފޮނުވާފައިވަނީ 02 ސިޓީ ކައުންސިލުންނާއި އަތޮޅު ކައުންސިލްތަކުގެ ތެރެއިން 15 އަތޮޅު ކައުންސިލަކުންނެވެ. އަދި 2018 ޖަނަވަރީ 10 ވަނަ ދުވަހުގެ ނިޔަލަށް 121 ރަށު ކައުންސިލަކުން އަތޮޅު ކައުންސިލަށް 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ފޮނުވާފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 108 ވަނަ މާއްދާއާއި 109 ވަނަ މާއްދާގައި ވާގޮތުގެ މަތިން ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް އަދި ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓް ސިޓީ ކައުންސިލްތަކުންނާއި އަތޮޅު  ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށައެޅުމަކީ ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

2017 ވަނަ އަހަރުގެ އަހަރީ  ރިޕޯޓް އަތޮޅު ކައުންސިލްތަކަށް، ރަށު ކައުންސިލްތަކުން ފޮނުވި ނަމަވެސް އެރިޕޯޓްތައް އަތޮޅު ކައުންސިލުން މިއޮތޯރިޓީއަށް ފޮނުވާފައި ނުވާނަމަ ރަށު ކައުންސިލްތަކުގެ ނަން މި އޮތޯރިޓީން އާއްމު ކުރި ލިސްޓުގައި ހިމެނިފައިނުވާނެއެވެ.