ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ކުއިޒް މުބާރާތް ކާމިޔާބުކުރީ ކ.ގުރައިދޫ ސްޓެލްކޯގެ ޓީމް


24 Mar 2018

ލާމަރުކަޒީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރޭ ކ.ގުރައިދޫގައި ކުރިޔަށްގެންދިޔަ "ލާމަރުކަޒީ ކުއިޒް" ކާމިޔާބުކުރީ ގުރައިދޫ ސްޓެލްކޯގެ ޓީމެވެ. މި މުބާރާތުގައި އެ ރަށުގެ މުވައްސަސާތަކާއި ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

ގުރައިދޫ ސްކޫލުގައި ކުރިޔަށް ދިޔަ މި މުބާރާތަކީ ލާމަރުކަޒީނިޒާމަށް އާއްމުން ހޭލުންތެރިކުރުވުމަށް ހިންގުނު ހަރަކާތެކެވެ.

މިއަދު ހަވީރުވެސް "އާއިލީ ހަވީރު" ގެ ނަމުގައި ލޯކަލްގަވަރމަންޓް އޮތޯރިޓީއާއި ކ.ގުރައިދޫ ކައުންސިލާ ގުޅިގެން މި އަދު ހަވީރު އެ ރަށުގައި އާއިލީ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އާއިލީ ހަވީރުގައި ގުރައިދޫގެ ބައެއް މުއައްސަސާތަކުން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.