ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، އޮތޯރިޓީގެ ބޯޑު މިއަދު އަލުން އެކުލަވާލައްވައިފި


09 Jun 2020

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނު (ޤާނޫނު ނަމްބަރ: 2020/5 ) ގެ 7 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މި އޮތޯރިޓީގެ ބޯޑު ، ރައީސުލްޖުމުހޫރިއްޔާ ، އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އަލުން އެކުލަވާލައްވައިފިއެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލަވާލެވުނު މި ބޯޑުގައި ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް، ރައްޔިތުންގެ މަޖިލީހަށް އޮތޯރިޓީއާއިގުޅޭ ގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރުގެ ހައިސިއްޔަތުން އޮތޯރިޓީގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ މިނިސްޓަރ އޮފް ހޯމްއެފެއާރޒް އައްޝައިޚު ޢިމްރާން ޢަބްދުﷲއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރ: 2010/7 ) ގެ 64 ވަނަ މާއްދާގެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ގެ މަޤާމަށް ޢައްޔަން ކުރައްވާފައިވަނީ އަލްފާޟިލާ ފާޠިމަތު އަފްޝަން ލަޠީފްއެވެ.

މީގެ އިތުރުން ބޯޑުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ؛

  1. އަލްފާޟިލް މުޙައްމަދު ޝިހާބް
  2. އަލްފާޟިލް އަޙްމަދު ސަމީރު
  3. އަލްފާޟިލް މުޙައްމަދު މާހިރު ޢީސާ
  4. އަލްފާޟިލް އަޙްމަދު ޝަރީފް
  5. އަލްފާޟިލާ ފާޠިމަތު ނިޢުމާ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ ދަށުން އޮތޯރިޓީގެ ބޯޑު އެކުލަވާލުމުން ކުރީގެ ބޯޑު އުވިގެންދާނެކަމަށް މި ޤާނޫނުގައިވަނީ ބަޔާންކޮށްފައެވެ.