ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ އުސޫލަށް ކައުންސިލަރުން އަހުލުވެރި ކުރުވުމުގެ ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ


08 Jul 2020

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޤާނޫން ( 2020/5) ގެ ދަށުން ކައުންސިލްތައް ހިންގުމުގައި އަމަލުކުރާނެ އުސޫލަށް ކައުންސިލަރުން އަހުލުވެރި ކުރުވުމުގެ ގޮތުން ހުރިހާ ކައުންސިލަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް އޮންލައިންކޮށް އެލް.ޖީ.އޭ އިން ކުރިއަށް ގެންދަންފަށާއިފިއެވެ.

އިއްޔެ ފެށުނު މި ޕްރޮގްރާމް ކުރިޔަށްދާނީ  ތިން ދުވަހުގެ މުއްދަތަށެވެ. އަދި ޕްރޮގްރާމްގައި ސެޝަންތައް ނަންގަވާ ދެއްވާނީ މި އޮތޯރިޓީގެ ފަންނީ މުވައްޒަފުންނެވެ.