ކިޔެވެނި ޕޯޓަލުން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


07 Apr 2021

 

ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މައްސޫލިއްޔަތު އަދާކުރުމަށާއި އެމީހުންގެ މަސައްކަތުގެ މައިދާނަށް ބޭނުންވާ މުހިއްމު މައުލޫމާތާއި ހުނަރު ދަސްކޮށްދިނުގެ ގޮތުން އާންމުނަނަށް އޮންލައިންކޮށް މި އޮތޯރިޓީން ކުރު ކޯސްތަކެއް ހުޅުވާލާފިއެވެ.

މި ކޯސްތަކުގައި ބައިވެރިވެވޭނީ ކިޔެވި ޕޯޓަލް )www.kiyeveni.mv( ގައި ރެޖިސްޓްރީވުމަށްފަހިގައެވެ. މި ޕޯޓަލުގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގައި، އަންހެނުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް، ޤާބިލް އަންހެނުން ސިޔާސީ މައިދާނަށް ނެރުމެވެ.

މިގޮތުން މިހާރު ކިޔެވެނި ޕޯޓަލްގައި އާންމުކޮށް ހުޅުވާލާފައިވާ ކޯސްތަކުގެތެރޭގައި ލާމަރުކަޒީ ނިޒާމާއި ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދައުރު، ސިޔާސަތު ހެދުމުގައި ރައްޔިތުންގެ ބައިވެރިވުން، ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކޮށްދޭ އޮންލައިން މޮޑިއުލް، މުޢާމަލާތްކުރުމާއި ޚިޔާލު ތަފާތުވުންތައް ހައްލުކުރުން އަދި އަންހެނުންގެ ކޯޓާ އަދި ފުރައްސާރަކުރުން ހުއްޓުވުން. ފަދަ މުހިންމު މައުލޫމާތުތައް ހިމެނޭ ކޯސްތައް ހިމެނިފައިވެއެވެ.  

ކިޔެވެނި ޕޯޓަލުގެ ކޯސްތައް ފަރުމާކުރެވިފައިވަނީ އެއްކޯހެއްވުނެ ގިނަ ކޯހެއްގައި އެއްވަގުތެއްގައި ބައިވެރިވެވޭގޮތަށެވެ. އަދި އެފަރާތަކަށް ފަސޭހަ ވަގުތެއްގައި ކޯސް ކުރިޔަށްގެންގޮސް ޝައުގުވެރިކާމާއިއެކު ނިންމާލެވޭނެގޮތަކަށްނެވެ. ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓް އޮންލައިންކޮށް ލިބޭނެގޮތައްވަނީ އިންތިޒާމްކުރެވިފައެވެ.