18 ރަށެއްގެ ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޝެރެޓް ސްޓޫޑިއޯޒްއާ ހަވާލުކޮށްފި


21 Jun 2022

18 ރަށެއްގެ ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޝެރެޓް ސްޓޫޑިއޯޒްއާ ހަވާލުކޮށްފި.

 

މި އޮތޯރިޓީގެ ބަޖެޓްގައި ހިމެނިގެން ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 43 ރަށުގެ ތެރެއިން  18 ރަށެއްގެ  ޓޮޕޮގްރަފިކް ސަރވޭކޮށް، ލޭންޑް ޔޫޒް ޕްލޭން ހެދުމަށް "އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޝެރެޓް ސްޓޫޑިއޯޒް" އާއެކު އެއްބަސްވުން އެކުލަވާލާ އެފަރާތަށް އެ މަސައްކަތް ވަނީ ހަވާލުކޮށްފައެވެ.

 

މި އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިޔަށް ގެންގޮސްފައިވަނީ 20 ޖޫން 2022 ވަނަ ދުވަހު ލޯކަލް ގަވަރމެންޓް އޮތޯރިޓީގައި ކުރިޔަށް ގެންދެވުނު ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މި މަޝްރޫއުގެ ދަށުން ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުމަށް ހަމަޖެހިފައިވާ ރަށްތަކުން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ. މި އޮތޯރިޓީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަޠީފެވެ. އަދި "އިޕޮކް އެސޯސިއޭޓްސް އިން އެސޯސިއޭޝަން ވިތު ޝެރެޓް ސްޓޫޑިއޯޒް" ގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ މުޙައްމަދު ރައްސާމްއެވެ.  މި މަސައްކަތް ހަވާލުކޮށްފައިވަނީ 3 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. 3 ޕެކޭޖެއްގެ ދަށުން ހަވާލުކުރެވުނު މި 18 ރަށުގެ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް އެފަރާތާއި ޙަވާލު ކުރެވިފައިވަނީ ޖުމްލަ 4 މިލިއަން ރުފިޔާއަށެވެ. މިގޮތުން މި މަޝްރޫއުގެ ދަށުން ޓޮޕޮގްރަފިކް ސަރވޭ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ހެދުން ހަމަޖެހިފައިވާ ރަށްތަކުގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

ޕެކޭޖު 1

މި ޕެކޭޖުގައި ހިމެނޭ 6 ރަށުގެ ޓޮޕޮގްރަފިކް ސާވޭކޮށް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ހަވާލުކުރެވިފައިވަނީ ޖުމްލަ 1,420,306.67/- ރ (އެއް މިލިޔަން ހަތަރުލައްކަ ވިހި ހާސް ތިންސަތޭކަ ހަރުފިޔާ ފަސްދޮޅަސް ހަތްލާރި) އަށެވެ.

 1. ހއ. މާރަންދޫ
 2. ހއ. ވަށަފަރު
 3. ހއ. ތަކަންދޫ
 4. ހއ. މޮޅަދޫ
 5. ހދ. ކުރިނބީ
 6. ހދ. ހިރިމަރަދޫ

ޕެކޭޖު 2

މި ޕްކޭޖުގައި ހިމެނޭ 7 ރަށުގެ ޓޮޕޮގްރަފިކް ސާވޭކޮށް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ހަވާލުކުރެވިފައިވަނީ ޖުމްލ1,406,631.53/- ރ (އެއް މިލިޔަން ހަތަރުލައްކަ ހަހާސް ހަސަތޭކަ ތިރީސް އެއްރުފިޔާ ފަންސާސް ތިންލާރި) އަށެވެ.

 1. ށ. ފޯކައިދޫ
 2. ށ. ފޭދޫ
 3. ށ. ޅައިމަގު
 4. ށ. ނަރުދޫ
 5. ށ. ނޫމަރާ
 6. ށ. މަރޮށި     
 7. ށ. ކޮމަންޑޫ

ޕެކޭޖު 3

މި ޕްކޭޖުގައި ހިމެނޭ 5 ރަށުގެ ޓޮޕޮގްރަފިކް ސާވޭކޮށް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމަށް ހަވާލުކުރެވިފައިވަނީ 1,203,950.28/-ރ (އެއް މިލިޔަން ދެލައްކަ ތިންހާސް ނުވަސަތޭކަ ފަންސާސް ރުފިޔާ އަށާވީސް ލާރި) އަށެވެ.

 

 1. ރ. އަލިފުށި
 2. ރ. މަޑުއްވަރީ
 3. ރ. މާކުރަތު
 4. ރ. ވާދޫ
 5. ރ. ރަސްގެތީމު