މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އާއި މިއޮތޯރިޓީއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި.


21 Feb 2023

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އާއި މިއޮތޯރިޓީއާއި  ދެމެދު ފަހުމުނާމާއެއްގައި 2023 ފެބްރުއަރީ 20 ވަނަ ދުވަހު ސޮއިކޮށްފިއެވެ. މި އޮތޯރީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝާން ލަތީފެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ.

މި ފަހުމުނާމާގެ މަޤްޞަދަކީ  ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމާއި،  ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތާއި ގުޅިގެން މައްސަލަތައް ބެލުމުގައި ކޮމިޝަނަށް އެއްބާރުލުން ދިނުން އަދި ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމެވެ.

ސޮއި ކުރެވުނު ފަހުނުނާމާއަކީ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމަށް ކުރެވުނު ވަރަށް މުހިންމު އަދި ބޭނުންތެރި ފަހުނުނާމާއެއްކަމަށް ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިއެވެ. އަދި ވަރަށް އަވަހަށް ކައުންސިލްތަކާއިއެކު ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ފަހުމުނާމާތައް ހެދިގެންދާނެ ކަމަށް ވިދާޅުވިއެވެ.