ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޑރ.މަރިޔަމް ޒުލްފާ ޢައްޔަންކުރައްވައިފި


26 Dec 2023

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، ޑރ.މަރިޔަމް ޒުލްފާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

ޑރ.މަރިޔަމް ޒުލްފާވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީގެ ކާޓިން ބިޒްނަސް ސްކޫލުން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަރން އިން މާސްޓާސް އޮފް ޕަބްލިކް އެންޑް އިންޓަނޭޝަނަލް ލޯ (އެލް.އެލް.އެމް.) ހާސިލުކުރެއްވުމުގެ އިތުރަށް ނިއުޒިލޭންޑްގެ ވައިކާޓޯ ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ.) ވެސް ވަނީ ހާސިލުކުރައްވާފައެވެ.

ޑރ.މަރިޔަމް ޒުލްފާއަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ވަރަށް ޤާބިލު ބޭފުޅެކެވެ.