2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަތީޖާ އިއުލާންކޮށްފި


14 Feb 2023

2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަތީޖާ، 13 ފެބުރުވަރީ 2023 ގައި މި އޮތޯރިޓީއިން ވަނީ އިއުލާންކޮށްފައެވެ. ނަތީޖާ އިއުލާންކޮށްފައި ވަނީ މިއޮތޯރިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮތޯރިޓީގެ ސީއީއޯ، ފާތިމަތު އަފްޝާން ލަތީފެވެ. މި އިންޑެކްސްގެ މަގްސަދަކީ ކައުންސިލުތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް، ޕާރފޯމަންސް ރޭންކް ކަނޑައެޅުމެވެ.

މި އިންޑެކްސްއިން ލިބުނު ވަނަތަކާއި ކައުންސިލްތައް ތިރީގައި އެވަނީއެވެ.

ގަދަހަމާންތި ދަރަޖަ:

  1. މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
  2. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
  3. ހައްދުންމަތީ އަތޮޅު ކައުންސިލް

ރަނަހަމާންތި ދަރަޖަ:

  1. އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
  2. މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް
  3. ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް

މާރަދާ ހަނދާނީ ފިލާ:

ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ސަބްއިންޑެކްސްގެ ބައިން އެންމެ މަތީ ދަރަޖަ ހާސިލްކުރާ ކައުންސިލްތަކަށްދެވޭ ހަނދާނީ ފިލާ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސް

  • އަތޮޅު ކައުންސިލް: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް: ފާދިއްޕޮޅު ކުރެންދޫ ކައުންސިލް

އިފެކްޓިވްނަސް އިންޑެކްސް

  • އަތޮޅު ކައުންސިލް: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް: މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލް

ޕާރޓިސިޕޭޝަން އިންޑެކްސް

  • އަތޮޅު ކައުންސިލް: ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް

އެކައުންޓަބިލިޓީ އިންޑެކްސް

  • އަތޮޅު ކައުންސިލް: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް: ކޮޅުމަޑުލު ބުރުނީ ކައުންސިލް

ސެކިއުރިޓީ އިންޑެކްސް

  • އަތޮޅު ކައުންސިލް: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް: މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް

ކާންނާ ހަނދާނީ ފިލާ:

ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްއިން ފާއިތުވިއަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ރަށު އަދި އަތޮޅު ކައުންސިލަށް ދެވޭ ހަނދާނީ ފިލާ

  • އަތޮޅު ކައުންސިލް: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
  • ރަށު ކައުންސިލް: މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލް

ޕާރފޯމަންސް އިންޑެކްސް ޝީޓް ތިރީގައި އެވަނީއެވެ.

https://drive.google.com/file/d/1WsacU3i3lQTjJaHnNPCokVuaKGZklTDi/view?usp=sharing